1.5 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާލަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ މި ޓީބިލް ވިއްކާލަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިސާ ހޯދުމުގެ ގޮތުންކަމަށެވެ. އަދި މިފަހަރު އިއުލާން ކުރި ޓީބިލް އަކީ ކުރު މުއްދަތުގައި ސަރުކާރުން އަނބުރާ ފައިސާ ދައްކަން ޖެހޭ ޓީބިލް އެއްކަމަށް އެ އިލާނުގައިވެއެވެ.
ފިނޭންސް މިނިސްޓްރީއިން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނި ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ހަތަރު ޓީބިލެއް ވިއްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ:
1- 674 މިލިއަން ރުފިޔާގެ ޓީބިލް: %3.50 އިންޓަރެސްޓުގައި 28 ދުވަހުން (14 މާޗް 2022ގައި)ފައިސާ ދައްކަން ޖެހޭ
2- 188 މިލިއަން ރުފިޔާގެ ޓީބިލް: %3.87 އިންޓަރެސްޓްގައި 98 ދުވަހުން (23 މޭ 2022ގައި) ފައިސާ ދައްކަން ޖެހޭ
3- 205 މިލިއަން ރުފިޔާގެ ޓީބިލް: %4،23 އިންޓަރެސްޓްގައި 182 ދުވަސް (15 އޮގަސްޓް 2022ގައި) ފައިސާ ދައްކަން ޖެހޭ
4- 466.3 މިލިއަން ރުފިޔާގެ ޓީބިލް: %4.60 އިންޓަރެސްޓްގައ ި364 ދުވަސް (13 ފެބުރުއަރ ީ2023ގައި) ފައިސާ ދައްކަން ޖެހޭ
މިހާތަނަށް ފިނޭންސް މިނިސްޓްރީން ވަނީ 58.7 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައެވެ. އޭގެތެރެއިން10.1 ބިލިއަން ޓީބިލް އަށް ފައިސާ ދައްކާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް