ޓޫރިޒަމް ދާއިރާއިން އިތުރު 838 އެނދު މިއަހަރުގެ މިހާތަނަށް

ފަތުރުވެރިކަމުގެ އިތުރު 838 އެނދު، އަހަރުގެ މިހާތަނަށް  އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު ނިމުނު 53160 ގައި ހުރި އެނދެވެ. ނަމަވެސ...

09 Feb 2022 | 06:16

ފަތުރުވެރިކަމުގެ އިތުރު 838 އެނދު، އަހަރުގެ މިހާތަނަށް  އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު ނިމުނު 53160 ގައި ހުރި އެނދެވެ. ނަމަވެސް މި އަހަރު އިތުރުވި 838 އެނދާއެކު މިއަދަދު ވަނީ 53998 އަށް ޖެހިލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 38822 އެނދާއި، ގެސްޓު ހައުސްތަކުގެ 10928 އެނދާއި، ހޯމް ސްޓޭގެ 6 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2882 އެނދާއި، ހޮޓާތަކުގެ 1360 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 162 ރިސޯޓު، 626 ގެސްޓުހައުސް، އެއް ހޯމް ސްޓޭ ފެސިލިޓީ، 146 ސަފާރީ، 10 ހޮޓާ ހިމެނޭހެން ޖުމްލަ 945 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް