ދޫނިތައް މެރުމާއި ދެކޮޅަށް މިއަދު އިހްތިޖާޖެއް

ރާއްޖެ އެތެރެ ކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލުމާއި ގުޅިގެން، އެކަމާ ދެކޮޅަށް މިއަދު ހަވީރު ސުލްހަވެރި އިހްތިޖާޖް ކުރާނެކަން އިއުލާންކޮށްފިއެވެ. މުޒާހަރާ އިންތިޒާމް ކުރާ މީހުން މީސް މީޑިއާގ...

09 Feb 2022 | 06:12

ރާއްޖެ އެތެރެ ކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލުމާއި ގުޅިގެން، އެކަމާ ދެކޮޅަށް މިއަދު ހަވީރު ސުލްހަވެރި އިހްތިޖާޖް ކުރާނެކަން އިއުލާންކޮށްފިއެވެ.

މުޒާހަރާ އިންތިޒާމް ކުރާ މީހުން މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މި އިހްތިޖާޖު އޮންނާނީ މިއަދު ހަވީރު04:00 ގައި އާޓިފިޝަލް ބީޗް ކައިރީގައި ކަމަށެވެ.

ފިޝަރީން މިނިސްޓްރީން ވަނީ 130 ދޫންޔަށް އިންޖެކްޝަނެއް ތަކެއް ޖަހާ މަރާލާފައެވެ. އޭގެ ތެރޭގައި ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއްވެސް ހިމެނެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް ހިފަހައްޓާފައި ބެހެއްޓުމަށްފަހު އެ ތަކެތި އިއްޔެ މަރާލުމުން ފިޝަރީޒް މިނިސްޓްރީއަށާއި ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް