ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯންގެ ކުރިޔަށް އޮތް ފިލްމު "ގެހްރައިޔާން" ގައި ބަތަލް ސިދާންތް ޗަތްރުވެދީ އާއި ކުޅެފައިވާ ގައިގޯޅި މަންޒަރުތަކާއި މެދު ފިރިމީހާ ރަންވީރު ސިންގް ދެކޭ ގޮތް އޭނާ ބުނެދީފި އެވެ.
ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ބުރަކޮށް ޓީމުން ކުރަމުންދާއިރު އިޝްތިހާރުތައްވެސް ވަނީ ދައްކަން ފަށާފަ އެވެ. އެ އިޝްތިހާރުތަކުން އެންމެންގެ ލޮލުގައި އަޅައިގެންފައިވަނީ ދީޕިކާ އާއި ސިދާންތުގެ ގައިގޯލި މަންޒަރުތަކެކެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް މިހާތަނަށް އެދެމީހުން އެއްޗެއް ނުބުނެ އެވެ. އެކަމަކު މި ފަހުން ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ދީޕިކާ ވަނީ ފިރިމީހާ އެކަމާއި ގުޅިގެން ދެކޭ ގޮތް ބުނެދީފަ އެވެ.
ދީޕިކާ ބުނީ ފިލްމެއްގައި ކުޅޭ މަންޒަރަކާއި މެދު އަމަލުކޮށް ދެމީހުން ވާހަކަ ދެއްކުމަކީ މޮޔަ ކަމެއް ކަމަށެވެ. ދެމީހުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރާ ކަމަކީ މީހުން އެ ދެމަފިރިންނާއި ގުޅޭގޮތުން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދިނުން ކަމަށެވެ.
ދީޕިކާ ބުނީ ރަންވީރުވެސް އެކަންކަމަށް ސަމާލުކަން ނުދޭނެ ކަމަށެވެ. އަދި މީހުން ކުރާ ބޭއަދަބީ ކޮމެންޓުތަކަށް ބަލައި ވާހަކަ ދެއްކުމަކީ މުޑޫދާރު މޮޔަ ކަމެއް ކަމަށެވެ.
ދީޕިކާ ބުނީ އޭނާގެ ކުރިޔަށް އޮތް ފިލްމު "ގެހްރައިޔާން" ގައި ކުޅެފައިވާ ރޯލާއި މެދު ރަންވީރު ފަހުރުވެރިވާ ކަމަށެވެ. އަދި އެ ފިލްމު ރިލީޒް ކުރާނެ ދުވަހަކަށް ހުރީ ކެތް މަދުވެފައި ކަމަށެވެ.
މި ފިލްމުގައި ސިދާންތާއި ދީޕިކާގެ އިތުރުން، އަނަންޔާ ޕާންޑޭ ފެނިގެންދާނެ އެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް