ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓީ10 ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނީ ޓީ10 ކްރިކެޓްގެ ފުރަތަމަ މުބާރާތް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުކަމަށެވެ. މި މުބާރާތުގައި ޓީމުތަކުން ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ސީބީއެމްއިން ބުނީ ޓީ10 ކްރިކެޓް މުބާރާތެއް ރާއްޖޭގައި ބާއްވަން ނިންމީ ކްރިކެޓް ކުޅުންތެރިންނަށް ވާދަކުރެވޭނެ އިތުރު މުބާރާތެއް އިންތިޒާމުކުރުމަށްކަމަށެވެ. އަދި ކްރިކެޓްގެ ދުނިޔޭގައި ކުރިއަރަމުން އަންނަ ޓީ10 ކްރިކެޓް ރާއްޖޭގައި ވެސް ފޯރީގައި ކުރިއަށް ދިއުމުގެ ބޭނުމުގައި ކަމަށް ކްރިކެޓް ބޮޑު އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.
އެގޮތުން މި މުބާރާތުގައި ގާތްގަނޑަކަށް 10 ވަރަކަށް ޓީމު ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގައި ވާދަކުރާނެކަމށްވެސް ސީބީއެމްއިން ބުނެއެވެ.
ދާދި ފަހުން ކްރިކެޓް ބޯޑުން ވަނީ ރާއްޖޭގެ ޓީ20 ކްރިކެޓް ލީގު ކާމިޔާބުކަމާ އެކު ކުރިޔަށްގެންގޮސް ނިންމާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް