ރާޝިދު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ކޮމަންޑޫ ދާއިރާގެ ވާދަވެރި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)، މަޖިލިސް މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެެވެ. ރާޝިދު ހުވާ ކުރެއްވީ މަޖިލީހުގެ އިދާ...

09 Feb 2022 | 04:57

ކޮމަންޑޫ ދާއިރާގެ ވާދަވެރި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ)، މަޖިލިސް މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެެވެ.

ރާޝިދު ހުވާ ކުރެއްވީ މަޖިލީހުގެ އިދާރާގައި ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައެވެ. ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ވާދަވެރި ބައިއިލެކްޝަނެއްގައި ރާޝިދު މި ގޮނޑި ކާމިޔާބު ކުރެއްވީ 1401 ވޯޓުންނެވެ. އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުހީ އަށް ލިބިފައިވަނީ 1161 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް އަބްދުލްހަންނާނަށް ލިބިވަޑައިގެންނެވީ 323 ވޯޓެވެ.

ރާޝިދު މެންބަރު ކަމުގެ ހުވާ ކުރައްވާފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ ރާޝިދަށް މަރުހަބާ ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް