މިއަދު މަޖިލީހުގައި ދޫނިތަކުގެ ވާހަކަ

ރާއްޖެ އެތެރެކުރުން މަނާ ދޫނިތަކެއް އެތެރެކޮށްފައި ހުއްޓާ އެ ދޫނިތައް މަރާލި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ދޫނިތަކުގެ ބަހުސް މަޖިލީހުގައިވެސް ހޫނުކަމާއެކު ކުރިއަށް އެބަ ދެއެވެ. މަޝްވަރާ ކުރެވ...

09 Feb 2022 | 04:43

ރާއްޖެ އެތެރެކުރުން މަނާ ދޫނިތަކެއް އެތެރެކޮށްފައި ހުއްޓާ އެ ދޫނިތައް މަރާލި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ދޫނިތަކުގެ ބަހުސް މަޖިލީހުގައިވެސް ހޫނުކަމާއެކު ކުރިއަށް އެބަ ދެއެވެ.

މަޝްވަރާ ކުރެވެމުން އަންނަނީ ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާީ ވިޔަފާރިކުރުމުގެ ބިލަށެވެ.

މި ބިލާއެކު ގުޅިލާމެހިގެން މެންބަރުންގެ ޝުއޫރު ހުރީ 120، އެ ދޫނި މަރާލި މައްސަލައިގާ ކަންބޮޑުވުން ފާޅުކުރުމުގައެވެ. މިހާރު އޮންނަ އެ އުސޫލު ބަދަލުކުރުމުގެ ވާހަކައެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ އިންސާނަކު ކުށް ކުރީމާ ޖަނަވާރު މަރާކަށް ނުޖެހޭ ކަމަށެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ މަނާ އެއްޗެއް ގެނައިމާ މި ފެންނަނީ އެ ގެނައި މީހާއަށް ފިޔަވަޅެއް ނޭޅޭ މަންޒަރު ކަމަށާއި އޭނާއަށްވެސް ރޭގައި ނުނިދިނު ކަމަށެވެ.

މި މައުލޫގައި  މިއަދުގެ ބަހުސް ހުރި އިރު، ދޫނިތައް މަރާލި މަރާލުމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.

https://twitter.com/dhuvasmv/status/1491097476769718279

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް