ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އުފައްދަވައިފި އެވެ.
އެ ކުންފުނީގެ ނަމަކީ މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑް ލިމިޓެޑެވެ.
ރައީސުލްޖުމްހޫރިއްޔާ މިމަހުގެ އެއްވަނަ ދުވަހު ނެރުއްވާފައިވާ ގަރާރެއްގައި ވިދާޅުވެފައިވަނީ އެ ކުންފުންޏަކީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނި އުފެއްދުމުގެ މަގުސަދަކީ ރާއްޖޭން ބޭރުގައި ޓޫރިޒަމް އިޝްތިހާރު ކުރުމާއި އެ ސިނާއަތަށް އަންނަމުން ދާ ބަދަލުތައް ދެނެގަނެ، ދިރާސާކޮށް އަދި ހަރުދަނާ ކުރުން ކަމަށް ވިދާޅުވެފައިވެ އެވެ.
މިހާރު މި މަސައްކަތްތައް ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ނެވެ. އެ ކުންފުނިން ކުރާ މަސައްކަތައް އަލަށް އުފެއްދި ކުންފުނިން ކުރަން ފެށުމުން އެމްއެމްޕީއާރުސީން ދެން ކުރަމުންދާނެ މަސައްކަތެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް