ފުރަތަމަ މަހު ބީއެމްއެލްއިން 3.4 މިލިއަން ޑޮަލަރު ވިއްކައިފި

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ޑޮލަރު ވިއްކުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ބީއެމްއެލް ކައުންޓަރުން އެއް މަސްތެރޭގައި 7،000 ދަތުރުވެރިންނަށް 3.4 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް...

09 Feb 2017 | 08:15

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ޑޮލަރު ވިއްކުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ބީއެމްއެލް ކައުންޓަރުން އެއް މަސްތެރޭގައި 7،000 ދަތުރުވެރިންނަށް 3.4 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑޮލަރު ގަތުމަށް ކިޔުގައި ނުޖެހި އޮންލައިންކޮށް ބުކިން ހެއްދޭގޮތް ހެދުމަކީ ދަތުރުވެރިންނަށް ލިބުނު ލުއި ފަސޭހައެއްކަން އެ ހިދުމަތަށް ލިބެމުންދާ ތަރުހީބުން އެނގިގެން ދިޔަ ކަމަށެވެ. އަދި އޮންލައިންކޮށް ބުކިން ހައްދައިގެން ދުވާލަކު 200 ހާ މީހުންނަށް އެއާޕޯޓުގައި ހުންނަ ކައުންޓަރުން ޑޮލަރު ވިިއްކާފައިވާ ކަމަށެވެ.

އެ ބޭންކުން ބުނީ އެއާޕޯޓުން ޑޮލަރު ދޫކުރަން ފެށުމުން މި ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓި، ދޫކުރާ ޑޮލަރު ލިބެނީ އަސްލު ދަތުރުވެރިންނަށްކަން ކަށަވަރުވެގެން ގޮސްފައިވާ ކަމަށެވެ. މި ނިޒާމުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދީގެން ޑޮލަރު ދޫކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްއިން ވަނީ އާ ނިޒާމުގެ ދަށުން ބީއެމްއެލްގެ ކައުންޓަރުން ޑޮލަރު ހޯދި ފުރަތަމަ 10 ކަސްޓަމަރުންނާއި 1،000 ވަނަ ކަސްޓަމަރަށް 100 ޑޮލަރުގެ ހަދިޔާއެއް ވެސް ދީފައެވެ.

އެ ނިޒާމުގެ ދަށުން ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކުންނާއި އޮންލައިން ކޮށް ފައިސާ ދައްކައި، ޑޮލަރު ގަންނަން ބުކް ކުރެވޭނެއެވެ. ފައިސާ ދައްކައި، ޑޮލަރުގެ ބުކިންގް ފުރިހަމަކުރުމަށްފަހު، ފުރާ ދުވަހު ޗެކިން ވުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ގޭޓު 4 ކުރިމަތީގައި ހަދާފައިވާ ބީއެމްއެލްގެ ކައުންޓަރަށް ޕާސްޕޯޓާއި ބޯޑިންގް ޕާސް ދިނުމުން ޑޮލަރު ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް