އެސްޓީއޯގެ "ޗޮކްލެޓް ފެސްޓު" ފަށައިފި

ކޮންމެ އަހަރަކު ފެބްރުއަރީ މަހު އެސްޓީއޯއިން ކުރިޔަށް ގެންދާ "ކޮލްލެޓް ފެސްޓު" މިއަދު ފަށައިފި އެވެ. މި ފެސްޓިވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނީ މި ފެސްޓ...

09 Feb 2017 | 07:26

ކޮންމެ އަހަރަކު ފެބްރުއަރީ މަހު އެސްޓީއޯއިން ކުރިޔަށް ގެންދާ "ކޮލްލެޓް ފެސްޓު" މިއަދު ފަށައިފި އެވެ.

މި ފެސްޓިވަލް ކުރިޔަށްދާނީ މިއަދުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނީ މި ފެސްޓު ކުރިޔަށްދާއިރު ހުރިހާ ވައްތަރެއްގެ ޗޮކުލެޓުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އަދި މިމުއްދަތުގައި 250 ރުފިޔާއަށްވުރެ އިތުރަށް ޗޮކްލެޓްގެ ވިޔާފަރި ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކަކާއެކު ލަކީޑްރޯއެއް ގައި ބައިވެރިވެވޭނެ ކަމަށެވެ. މިލަކީޑްރޯގެ ދަށުން ހަ ފަރާތަކަށް ޗޮކޮލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭގޮތަށް ގިފްޓްޕެކްތަކެއް ލިބިގެންދާނެ އެވެ.

މީގެ އިތުރުން، މި ފެސްޓު ކުރިޔަށް ދާއިރު އެކި ގަޑިތަކުގައި ތަފާތު ވައްތަރުގެ ޗޮކުލެޓްގެ ރަހަ ބެލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މި ފެސްޓަށް ހާއްސަ، އާ ވައްތަރުތަކެއްގެ ޗޮކުލެޓު ހުންނާނެ ކަމަށް ވެސް ބުނެ އެވެ.

އެ ކުންފުނިން މި ފެސްޓު ކުރިޔަށް ގެންދަނީ ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ޗޮކުލެޓު އެެތެރެ ކުރާ ކުންފުނިތަކާއި ގުޅިގެންނެވެ. އެއީ ވީބީ، ސިމްޑީ، ޔޫރޯ، ސީންކޯ، ހެޕީމާރޓް، އަދި ގޯލްޑަންލޭންޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް