ދަރިފުޅު ބެލުމުގައި އިހުމާލުވެގެން ހުޅުމާލެެއިން ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި

ހަ މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ހުޅުމާލެއިން ހައްޔަރު ކުރި އުމުރުން 23 އަހަރުގެ އަންހެން މީހާ ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ، އެއަންހެން މީހާ ދޫކޮށްލީ އޭނަގެ ބަން...

09 Feb 2015 | 08:11

ހަ މަހުގެ ތުއްތު ދަރިފުޅު ބެލުމުގައި އިހުމާލުވި ކަމަށް ތުހުމަތުކޮށް ހުޅުމާލެއިން ހައްޔަރު ކުރި އުމުރުން 23 އަހަރުގެ އަންހެން މީހާ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ، އެއަންހެން މީހާ ދޫކޮށްލީ އޭނަގެ ބަންދުގެ މުއްދަތު ޖަހަން ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް އިއްޔެ ގެންދިއުމުން އޭނައަށް ނަސޭހަތް ދިނުމަށް ފަހު ޝަރުތުތަކަކާއެކު ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލަފައިވީ ނަމަވެސް އޭނާގެ ތަހުގީގު އަދި ނިމިފައިވާނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ހުޅުމާލޭ ޗައިނާ ޓައުން ސަރަހައްދުގައި ދިރިއުޅޭ އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.

އެއަންހެން މީހާ އޭނާގެ ދަރިފުޅަށް އަޅާނުލި މައްސަލަ ފުލުހުންނާއި ޖެންޑާއިން ތަހުގީގު ކުރަމުން އަންނައިރު ހަ މަހުގެ ތުއްތު ދަރިފުޅު ޖެންޑާ މިނިސްޓްރީ މެދުވެރިވެގެން އެ ކުއްޖާގެ ބައްޕަ ފަރާތު އާއިލާއާ މިހާރު ވަނީ ވަނީ ހަވާލުކޮށްފަ އެވެ.

އެ މައްސަލައިގެ އިތުރުން މިފަހަކަށް އައިސް ދަރިން ބެލުމުގައި އިހުމާލުވަމުންދާ ބެލެނިވެރިން ދަނީ ހައްޔަރު ކުރަމުންނެވެ. އެގޮތުން އިއްޔެ ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ހިލިހިލާ ޖަހައިގެން ގެންގުޅުނު ބައްޕަ އަކު އޭދަފުށިން  ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް