ފީވަކު ބޭރުން 12 ފޫޓުގެ ކިނބުލެއް ފެނިއްޖެ

ށ. ފީވަކު ބޭރުން 12 ފޫޓުގެ ކިނބުލެއް ފެނިގެން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ. ށ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނީ މިއަދު ހެނދުނު 9:25 ހާއިރު ށ. ފީވަކު ބޭރުގައި ފީނަމުންދިޔަ އެ އަތޮ...

09 Feb 2015 | 07:27

ށ. ފީވަކު ބޭރުން 12 ފޫޓުގެ ކިނބުލެއް ފެނިގެން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ށ. އަތޮޅު ޕޮލިސް ސްޓޭޝަނުން ބުނީ މިއަދު ހެނދުނު 9:25 ހާއިރު ށ. ފީވަކު ބޭރުގައި ފީނަމުންދިޔަ އެ އަތޮޅު ފޯކައިދޫ ދޯންޏަކަށް 12 ފޫޓުގެ ކިނބުލެއް ފެނިފައިވާކަމަށް ބުނާ ކަމަށެވެ.

އަދި އެކަމަށް ސަމާލުވެތިބުމަށް ށ.އަތޮޅު ޕޮލިސް ސްޓޭޝަނުން އިލްތިމާސް ކުރާ ކަމަށްވެސް އެ ސްޓޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް