ހުކުރު ދުވަހު ހެނދުނު ގަޑިއިރެއްހާއިރަށް މާލެއިން ކަރަންޓު ކެނޑޭނެ، މާފަށް އެދެން: ސްޓެލްކޯ

މާދަމާ، ހުކުރު ދުވަހު ހެނދުނު ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑިދާނެކަމުގައި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން ބުނެފައިވާގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓ...

09 Jan 2025 | 17:57

މާދަމާ، ހުކުރު ދުވަހު ހެނދުނު ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑިދާނެކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބް ސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ހެނދުނު 06:00 އާއި 08:00 އާއި ދެމެދު އެއް ގަޑިއިރުގެ ވަގުތަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ޚިދުމަތް މެދުކެނޑޭނެއެވެ.

މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުންވެސް އެވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށާއި މިކަމުގައި ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް