ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ބަޔަކު ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ވ. ފުލިދޫ ކައިރީގައި އޮންނަ ބޯމަސްކަނޑު ޑައިވް ސައިޓަށް ފީނަން ގޮސް އުޅުނު، ޗައިނާގެ ހަތް މީހަކު ގެއްލިފައިވާކަމުގެ ރިޕޯޓް މިރޭ 06:28 ހާއިރު ފުލުހުންނަށް ރިޕޯޓުކުރިކަމަށެވެ.
އެމީހުން ހޯދުމަށްޓަކައި އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ވ. ފުލިދޫ ލޯންޗަކުން، ކަނޑުމަތިން އެ ހަތް މީހުން ފެނިގެން ސަލާމަތްކޮށްފައިވާއިރު އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް