ހަފްތާ ބަންދު މޫސުން: ހުކުރާއި ހޮނިހިރު މުޅި ރާއްޖެއަށް އޮތީ ވިއްސާރަ

ހަފްތާ ބަންދު މޫސުމަށް ބަލައިލާއިރު މުޅި ރާއްޖެއަށް އޮތީ ގުގުރުމާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު...

09 Jan 2025 | 13:33

ހަފްތާ ބަންދު މޫސުމަށް ބަލައިލާއިރު މުޅި ރާއްޖެއަށް އޮތީ ގުގުރުމާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ މޫސުމަށް ބަލައިލާ ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހު އުތުރާއި ދެކުނާއި އަދި މެދު ރާއްޖެއަށްވެސް ގުގުރުމާއެކު ވިއްސާރަކުރާނެއެވެ.

މެޓުން އެންމެ ފަހުން ހިއްސާކޮށްފައިވާ ސެޓެލައިޓް ފޮޓޯއިން ފެންނަގޮތުގައި ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް