މަޝްއަރު ޓުއާސްގެ ވެރިންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ދިވެހިންތަކެއް އުމްރާއަށް ގެންގޮސް މަގުމަތިކުރުވި މައްސަލައިގާ މަޝްއަރު ޓުއާސްގެ ވެރިންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނ...

09 Jan 2025 | 13:22

ދިވެހިންތަކެއް އުމްރާއަށް ގެންގޮސް މަގުމަތިކުރުވި މައްސަލައިގާ މަޝްއަރު ޓުއާސްގެ ވެރިންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަޝްއަރު ޓުއާސްއިން އުމްރާވެރިންތަކެއް އުމްރާއަށް ފޮނުވަންކަމަށްބުނެ ފޮނުވި ޗެކްތަކެއް ބައުންސްވެފައިވާ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13ގައި ކަމަށެވެ.

މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށްޓަކައި 2 ޑިސެމްބަރު 2024ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް މިއަދު ފުލުހުން ބުނެފައިވެއެވެ.

މަޝްއަރު ގްރޫޕުން ދިވެހިންތަކެއް އުމްރާއަށް ގެންގޮސް މަގުމަތިކޮށްލީ މިދިޔަ އަހަރުގެ ރޯދަމަހުގެ ތެރޭގައެވެ. އެ ގްރޫޕްގެ ހަވާލުގައި އެފަހަރު އުމްރާއަށް ގެންދިޔަ މީހުން ގެނައުމަށް ދިން ޗެކު ބައުންސްވެ އުމްރާވެރިން މަގުމަތިވިއެވެ. އެ އުމްރާވެރިން ރާއްޖެ އައުން ގިނަ ދުވަސްތަކަކަށް ލަސްވެގެންދިޔައެވެ. އެ ދުވަސްތަކުގެ ހަރަދުތަކާއި އަދި އެ އުމްރާވެރިން އެނބުރި އައުމުގެ ހަރަދުތައްވެސް ކުރީ އެ އުމްރާވެރިންގެ އަމިއްލަ އަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް