މާފަންނު ގެއެއްގެ ތެރޭގައި ދެމީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މާރާމާރީ ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު13:25 ހާއިރު ކަމަށެވެ. އަދި މާރާމާރީ ހިނގާފައިވަނީ އޯކިޑު މަގު މާފަންނު ގެއެއްގެ ތެރޭގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިކަމާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް