ޕަސިންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާތީ މިއަދާ މާދަމާ ރަސްމީ ފާލަން ސަރަހައްދު ބާރުބޮޑު

ޕަސިންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާތީ މިއަދާ މާދަމާ ރަސްމީ ފާލަން ސަރަހައްދު ބާރުބޮޑުވާނެކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ ރާއްޖެ އައުމަށް ހަމަޖެހިފައ...

09 Jan 2025 | 09:55

ޕަސިންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާތީ މިއަދާ މާދަމާ ރަސްމީ ފާލަން ސަރަހައްދު ބާރުބޮޑުވާނެކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާތީ، އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށެވެ.

އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދެއްވައި، އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ދެއްވާއިރުޝާދާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް