ކުރީ ސަރުކާރުން ދޫކުރި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަށް ރޯދައިގެ ކުރިން އިއުލާނު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގއ. އާއި ގދ އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައެވެ. ރައީސް ވިދާޅުވީ އަހަރެއްހާ ދުވަހުގެ ތެރޭވެސް މަސައްކަތްޕުޅު ކުރައްވާފައި ވަނީ އެމަނިކުފާނުގެ ވައުދުފުޅާއި އެއްގޮތަށް ފްލެޓާއި ގޯތި ދޫކުރުމަށެވެ.
"އުންމީދު ކުރަނީ ވީހާ ވެސް އަވަހަށް އެ4،000 ފްލެޓްގެ ކަންތައް ނިންމައި ހަވާލު ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް އިރާދަކުރެއްވިއްޔާ އިުލާން ކުރުމަށް" ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު4،000 ފަރާތެއްގެ ދާއިމީ ލިސްޓު އެ ސަރުކާރުގެ ފަހުކޮޅު ގެޒެޓުކޮށްފައެވެ. އެހެންނަމަވެސް އެ ލިސްޓަށް ގނަ އަދަދެއްގެ ޝަކުވާ ހުށަހެޅުުމާއި އެކު އޭސީސީން ވަނީ މައްސަލަ ބަލާފައެވެ.
އޭސީސީން އެ މައްސަލަ ބެލުމަށް ފަހު ބުނީ ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުގައި20.7 އިންސައްތަ ފޯމުގައި ކަމަށެވެ. އަދި ޝަރުތު ހަމަވި ނަމަވެސް19.7 އިންސައްތަ ފޯމުގައި މައްސަލަ ހުރި ކަމަށެވެ. އެހެން ކަމުން މި ސަރުކާރުން އެ ލިސްޓު އިއުލާން ކުރުުން ވަނީ ފަސްކޮށްފައެވެ.
އެގޮތުން ފްލެޓް ލިސްޓު ލިބުނު ފަރާތްތަކުގެ ލިސްޓު އިއުލާން ކުރާނެ ކަމަށް ބުނެ މި ސަރުކާރުން ވަނީ މީގެކުރިން ތާރީހުތަކެއް ދީފައެވެ.
ހައުންސިން މިނިސްޓްރީން ބުނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގައި ލިސްޓު ނެރޭނެ ކަމަށެވެ. އަދި އެންމެ ފަހުން ލިސްޓު ނެރޭނެ ކަމަށް ބުނީ މިދިޔަ އަަހރުގެ ނޮވެމްބަރު މަހުގައެވެ. އެހެން ނަމަވެސް ފަހުން ވަނީ ލިސްޓު އާއްމު ކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ/.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދޭތެރެއަކުން މާލެ ސަރަހައްދުގައި އަހުތިޖާޖުވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް