ޑިސެމްބަރުމަހު މާލެ ސަރަހައްދުގައި 77 ވަރި

ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 77 ވަރި ކޮށްދީފައިވާކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ. މިކަން އެ ކޯޓުން ހާމަކޮށްފައިވަނީ އެ ކޯޓުގެ ޑިސެމްބަރުމަހުގެ ތަފާސްހިސާބުގައެވެ. އެ ތަފާސް ހިސާބުގައި ބުނެފައ...

09 Jan 2025 | 08:16

ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި 77 ވަރި ކޮށްދީފައިވާކަމުގައި ފެމިލީ ކޯޓުން ބުނެފިއެވެ.

މިކަން އެ ކޯޓުން ހާމަކޮށްފައިވަނީ އެ ކޯޓުގެ ޑިސެމްބަރުމަހުގެ ތަފާސްހިސާބުގައެވެ.

އެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައި 77 ވަރިކޮށްދީފައިވާއިރު ޑިސެމްބަރުމަހު 343 ކައިވެނިކޮށްދީފައިވެއެވެ. އެ އަދަދަށް ބަލާއިރު ޑިސެމްބަރު މަހުގެ ބައެއް ރީތި ތާރީހުތަކުގައި ގިނަ އަދަދަކަށް ކައިވެނިކޮށްދީފައިވެއެވެ.

ޑިސެމްބަރުމަހުގެ އިތުރު ބައެއް ތަފާސްހިސާބުތަކަށް ބަލައިލާއިރު އެހެނިހެން ބާވަތްތަކުގެ އާއިލީ 5 މައްސަލައެއް، ހުކުމް ތަންފީޒުކުރުމުގެ 05 މައްސަލައެއް، ބަލަދުވެރިކަން/ބެލެނިވެރިކަން ބަދަލުކުރުމުގެ އެއް މައްސަލަ، މަރު ސާބިތުކުރުމުގެ އެއް މައްސަލަ، އަދި ވަލީ ހޯދުމުގެ ހަތަރު މައްސަލައެއް ނިންމާފައިވާކަން ފެމިލީ ކޯޓުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް