އެގްރޯނެޓް އުވާލީކީ ނޫން، ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރީ: ރައީސް

އެގްރޯނެޓް އުވާލީކީ ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. " އާދެ، އަޅުގަނޑުމެން އެގްރޯނެޓް ކުންފުންޏެއް އުވައެއްނުލަން. އ...

09 Jan 2025 | 06:31

އެގްރޯނެޓް އުވާލީކީ ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.

" އާދެ، އަޅުގަނޑުމެން އެގްރޯނެޓް ކުންފުންޏެއް އުވައެއްނުލަން. އެއީ، ކޮންމެވެސްވަރަކަށް ބައެއް މީހުން އެކަމުގައި ޙަޤީޤަތަކަށް ނޫން ވާހަކަ ދައްކަމުން އެ ގެންދަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގްރޯނެޓް ބަދަލުކުރަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ޒޯން، ފްރީ ޒޯން ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ދަށަށް ކަމަށެވެ.

" އެހެންވީމާ، އެގްރޯނެޓެއް ނުއުވޭ. އެގްރޯނެޓް އޮންނާނެ. އެހެންވީމާ، އެގްރޯނެޓްގެ އެ މަސައްކަތް ހިންގާގޮތް ހަރުދަނާކުރުމަށްޓަކައި، ބޮޑަށް ސްޓްރީމްލައިންކޮށް، އިތުރަށް ފުޅާކުރުމަށް އަޅުގަނޑުމެން ނިންމީ" ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެގްރޯނެޓުން މީޑިއާތަކަށް މީގެ 11 ދުވަސް ކުރިން ފޮނުވި ނޫސްބަޔާނެއްގައިވެސް ބުނެފައިވަނީ "އެގްރޯނެޓް އުވާލައްވައި، ކުންފުނިން ކުރަމުންއައި މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ"ކަމަށެވެ.

ރައީސް ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެގްރޯނެޓުގެ ތެރެއިން، ނޫނީވިއްޔާ އެ ނިޒާމުގެ ތެރެއިން ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި ދަނޑުވެރިކަމަކީ މި ރާއްޖޭގެ އިޤްތިޞާދު ޑައިވަރސިފައި ކުރުމަށް ބަލާއިރުގައި، އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭ ދާއިރާއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް