ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފޫޖިއާންގެ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގ...

09 Jan 2024 | 08:44

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ޗައިނާގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. އަދި އެ ދާރުލްއާސާރުގެ މުހިންމުކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މައުލޫމާތު ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް