އިންޑޮނޭޝިޔާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީއެއްގެ އިންޒާރު ދީފައިވޭ

އިންޑޮނޭޝިޔާގެ އިރުއުތުރު ސަރަހައްދެއްކަމުގައިވާ ޓަނިންބާ އައިލެންޑް ކައިރިން ބަންޑާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި 7.7 މެގްނިޓިއުޑ...

09 Jan 2023 | 18:51

އިންޑޮނޭޝިޔާގެ އިރުއުތުރު ސަރަހައްދެއްކަމުގައިވާ ޓަނިންބާ އައިލެންޑް ކައިރިން ބަންޑާ ކަނޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި 7.7 މެގްނިޓިއުޑްގެ މި ބިންހެލުމުގެ އަސަރު އޮސްޓްރޭލިއާއި ހަމައަށް ކޮށްފައިވެއެވެ.

މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގަޑިން މިރޭ 22:47ގައި ކަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެއެވެ. މެޓުން ބުނެފައިވާގޮތުގައި މާލެއާއި 6418 ކިލޯ މީޓަރު ދުރުގައިވާ އެ ސަރަހައްދަށް އައި މި ބިންހެލުމެއް ރާއްޖެއަށް އަސަރެއްކޮށްފާނެކަމަކަށް ނުބެލެވެއެވެ.

އެހެންނަމަވެސް އިންޑޮނޭޝިޔާގެ ސަރަހައްދީ މޫސުމީ އިދާރާ، ބީކޭއެމްޖީން ވަނީ އެ ގައުމުގެ އެ ސަރަހައްދަށް ސުނާމީއެއްގެ އިންޒާރު ދީ އެ އިންޒާރު އަދި ދަމަހައްޓާފައެވެ. އެ ސަރަހައްދާއި ކައިރި ހިސާބުތަކުގައި އުޅޭ މީހުން އުސް ސަރަހައްދުތަކަށް ދަތުރުކުރުމަށްވެސް އެ އިންޒާރުގައި އަންގާފައިވާކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މި ބިންހެލުން ފުރަތަމަ ރެކޯޑު ކުރެވުނު ކަމަށްވަނީ 7.9 މެގްނިޓިއުޑްގައެވެ. ނަމަވެސް މިހާރު އެ އަދަދު 7.7 އަށް ދަށްކޮށްފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް