ރައީސް ޔާމީން ޖަލަށްލުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން މިހާރު އިދިކޮޅު ލީޑަރަކީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު ކަމުގައި އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ އެ ޕާޓީގެ ނައިބު ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރަފިއްޔާ ވިދާޅުވެފައިވަނީ ކުރީގެ އިދިކޮޅު ލީޑަރ ޖަލަށްލުމާ ގުޅިގެން މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން މިވަގުތު ރާއްޖޭގެ އިދިކޮޅު ލީޑަރަކީ އެމްޑީއޭގެ ރައީސް އޮނަރަބަލް އަޙުމަދު ސިޔާމް މުޙައްމަދުކަމަށް ވާތީ އެމަނިކުފާނަށް ވަރަށް މަރުހަބާ ދަންނަވާކަމަށެވެ.
" އަދި ރައްޔިތުންނައްޓަކާ ސަރުކާރު ޒިއްމާދާރު ކުރުމުގެ މަސައްކަތް ޤާނޫނު އަސާސީ ތަންދޭ އެންމެ ފުޅާމިނެއްގައި ކުރާނެ ކަމުގެ ޔަގީންކަން އަރުވަން. މި ހައްސާސީ ވަގުތުގައި ތިޔަ ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަޑުމެން މިކުރާ ގައުމީ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން." އޭނާ ވިދާޅުވެފައިވެއެވެ.
ޑރ. ރަފިއްޔާ މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޝިޔާމްވެސް އަންނަނީ ކެމްޕޭނު ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް