ވާ ވައުދުތަކެއް ފުއްދޭނީ ހަދާ ކޯލީޝަންވެސް ދަމަހައްޓައިގެން ކަމުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ކެނޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ހަވީރު ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ނިކުމެވަޑައިގެން އެ ހުންނެވީ ވައުދުތައް ފުއްދުމައިގެން ކުރިއަށް ދިއުމަށް ކަމަށާއި ކުރިއަށްދެވޭނެގޮތްވެސް ސާފު ކަމަށެވެ.
އެގޮތަކީ ވެރިކަމުގައި ތިބުންކަން ފާހަގަކުރައްވަމުން ވިދާޅުވީ ވެރިކަމަށް އާދެވެން އޮތް ގޮތްވެސް ސާފު ކަމަށެވެ.
"އާދެވޭނީ ތަފާތު ފިކުރު އެކުލެވޭ ގިނަބަޔަކު އެކުލެވޭ ސަރުކާރެއް އެކުލަވާލައިގެން، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތް ގޮތް" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާދަވެރި ކެނޑިޑޭޓު އެކަން ކުރިއަކުން ގަބޫލެއް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރެއްވީ އެކަނި މާ އެކަނި ނިކުމެވަޑައިގެން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އެހެން ނަމަވެސްމިއަދު އެބަ ގަބޫލުކުރައްވާކަމުގައި ވިދާޅުވިއެވެ.
"ވިދާޅުވީ ކޯލީޝަނެއް ހަދާ ވާހަކަ، ސަރުކާރެއް އެކުލަވާލެވޭނީ ކޯލީޝަނެއް ހަދައިގެންކަމުގެ ވާހަކަ، ދަންނަވާލަން ބޭނުންވަނީ ކޯލީޝަނެއް ހެދެނީ އެކަންޏެއް ނޫން، ގިނަ ޕާޓީތައް ބައިވެރިވެގެން ތިބޭފުޅުން ބައްލަވަންވީ އެކަން ކުރެވެނީ ކާކަށްކަން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނާ ހަވާލު ކުރީ ކޯލީޝަން ސަރުކާރެއް ކަމަށާއި އިރާދަފުޅު ކުރެއްވިއްޔާ މި ދައުރު ނިންމާނީ އެ ކޯލީޝަނާއި އެކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް