ތުޅާދޫ އެއާޕޯޓް މަޝްރޫޢު ދެތިން ހަފުތާ ތެރޭގައި ބަޔަކާ ހަވާލުކުރާނަން: ރައީސް

ބ. ތުޅާދޫގައި ރައީސް ޞާލިހްގެ ސަރުކާރުން އަޅަން ވަޢުދުވެލެއްވި އެއާޕޯޓް ދެތިން ހަފުތާ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިހް މިހެނ...

09 Jan 2023 | 13:23

ބ. ތުޅާދޫގައި ރައީސް ޞާލިހްގެ ސަރުކާރުން އަޅަން ވަޢުދުވެލެއްވި އެއާޕޯޓް ދެތިން ހަފުތާ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބ. ތުޅާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތުޅާދޫގައި އަޅަން ވަޢުދުވީ އެއާޕޯޓް އަޅަން އޮތީ ކުޑަދުވަސްކޮޅެއް ކަމަށެވެ.

އަދި ރައީސް ވަނީ ކުރިއަށް މިއޮތް ދެތިން ހަފުތާ ތެރޭގައި ތުޅާދޫ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތް ކުރުމަށްޓަކާ ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން ތުޅާދޫ ރައްޔިތުންނަށް އަރުވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ މި އަހަރުގެ މެދުތެރެއަށްދާ އިރު ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި، ޢިމާރާތްކުރުމުގެ މަސައްކަތް ފަށައި އަހަރު ނިމެންވާއިރަށް އެތަން ބޭނުންކުރަން ފެށުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް