އަލިފާނުގެ ހާދިސާ އާއި ގުޅިގެން އާރުޓީއެލް ބަސް ރޫޓަށް ވަގުތީ ގޮތުން ބަދަލު ގެނެސްފި

ނީލަން ފިހާރައިގެ މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އާރުޓީއެލް) ގެ ބަހުގެ ހިދުމަތަށް ބަދަލު ގެނެސްފިއެވެ. އެގޮތުން އެމްޓީސީސީން މ...

09 Jan 2023 | 12:14

ނީލަން ފިހާރައިގެ މިއަދު ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އާރުޓީއެލް) ގެ ބަހުގެ ހިދުމަތަށް ބަދަލު ގެނެސްފިއެވެ.

އެގޮތުން އެމްޓީސީސީން މިއަދު ބުނީ މި އަލިފާނުގެ ހާދިސާއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ސަރަހައްދެއް ބަންދުކޮށްފައިވާތީ ރޫޓް 1 (ވެސްޓްޕާކް-ހުޅުމާލެ 1) އާއި ރޫޓް 7 (ހުޅުމާލެ 2-ވެސްޓްޕާކް) ބަސްތައް ވަގުތީގޮތުން ވަނީ ކާނިވާ ސަރަހައްދަށް ބަދަލުކޮށްފައި ކަމަށެވެ.

އަދި އަމީނީ ރޫޓުގެ ބަހުގެ ޚިދުމަތްވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މިގޮތުން އަމީނީ ރޫޓުގެ ބަސް މެދުކަނޑާލުމުން އޯކިޑް ރޫޓް ބޭނުން ކުރާ ކަސްޓަމަރުން ގިނަ ވެދާނެ ކަމަށް ބެލެވޭތީ އޯކިޑު ރޫޓަށް ބަސް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ އާރުޓީއެލް ރޫޓު 3 (ވެލާނާ އެއަރ ޕޯޓު ރޫޓު) ވެސް ބަދަލުތަކަކަށްފަހު އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ރޫޓު ފަށަނ ހަމަޖެހިފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓިން ކަމަށެވެ

އަދި މި ރޫޓުން ދެން އެއަރ ޕޯޓަށް ދަތުރުކުރާނީ މަޖީދީމަގުގެ ބަސްހުއްޓި ތަކަށް މަޑު ކުރުމަށްފަހު ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ބަންދުކޮށްފައިވާ މަގުތައް ހުޅުވުމާއެކު ބަސްތައް އާއްމު ހާލަތައް ގެނެވޭނެ ކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް