އޭދަފުށީގައި ހައުސިން މަޝްރޫޢުއެއް މި އަހަރު ފަށާނެ: ރައީސް ސޯލިހް

ބ. އޭދަފުށީގައި ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހައުސިން މަޝްރޫއެއް ފެށުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހް މިހެން ވިދާޅުވީ އ...

09 Jan 2023 | 11:07

ބ. އޭދަފުށީގައި ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ހައުސިން މަޝްރޫއެއް ފެށުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބ. އޭދަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އޭދަފުށީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭދަފުއްޓަށް ބޭނުންވާ ވަރަށް މުހިންމު ދެ ކަމެއް އެބަ އޮތް ކަމަށާއި އެއީ ރަށުގެ ހުޅަނގު ފަރާތުގައި ބަނދަރެއް ހެދުމާއި އެ ރަށުގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ހައުސިން މަޝްރޫއެއް ހިންގުން ކަމަށެވެ.

އޭދަފުށީ ހޮސްޕިޓަލް އަޕްގުރޭޑް ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށާއި އެ ރަށުގެ މަގުތައްވެސް ވަރަށް އަވަހަށް ނިންމަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި އޭދަފުށީގައި ބަނދަރެއް ހެދުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި މި އަހަރުގެ ބަޖެޓުގައި ހައުސިން ޔުނިޓް ހެދުމަށް އޮންނާނެ ވަކި ރަށްތަކެއް ނުޖަހައި، އޭގެ ތެރެއިން އޭދަފުއްޓަށް ބޭނުންވާވަރު ބަޖެޓުގެ ތެރެއިން ހަމަޖައްސައި އޭދަފުށީގައި ހައުސިންގެ މަސައްކަތްތައް ފެށޭނެ ކަމުގެ ޔަގީންކަން އޭދަފުށީ ރައްޔިތުންނަށް ރައީސް ވަނީ އަރުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް