ނީލަން ފިހާރާގައި ރޭ ފަތިހު 5:40 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ 166 ބިދޭސީ މަސައްކަތްތެރިއަކު ހާލުގައި ޖެހިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ނީލަން ފިހާރައާއި ޖެހިގެން ސިޓި ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކުތަކުގެތެރެއިން ބްލޮކެއް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފައެވެ.
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލްގައި އެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކޮމަޑޭޝަން ބޮލޮކްގައި ތިބެނީ ބަންގްލަދޭޝްގެ 165 މީހަކާއި އިންޑިއާގެ އެކެއް ކަމަށެވެ.
އަދި ހާލުގައި ޖެހުނު ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ގޮތެއް ހަމަޖެހިފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
މީގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ވެސް ދަނީ ސިޓީ ކައުންސިލާއި ރެޑްކްރެސެންޓް ގުޅިގެން މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް