ޝަހީރުގެ ހަށިގަނޑަށް ތިން މަހުން ގެނައި ބަދަލުން އެންމެ ހައިރާން ކޮށްލައިފި!

އިންޑިއާގެ ޓީވީ ތަރި ޝަހީރް ޝެއިހްގެ ހަށިގަނޑަށް ތިން މަހުން ގެނައި ބަދަލުން ސަޕޯޓަރު ހައިރާން ކޮށްލައިފި އެވެ. ޝަހީރު ދާއިރާއަށް ތައާރަފުވީ ސްޓާ ޕްލަސް އިން 2011 ވަނަ އަހަރު ފެށި ޑްރާމާ ސިލްސިލާ “ނަވ...

09 Jan 2023 | 08:52

އިންޑިއާގެ ޓީވީ ތަރި ޝަހީރް ޝެއިހްގެ ހަށިގަނޑަށް ތިން މަހުން ގެނައި ބަދަލުން ސަޕޯޓަރު ހައިރާން ކޮށްލައިފި އެވެ.

ޝަހީރު ދާއިރާއަށް ތައާރަފުވީ ސްޓާ ޕްލަސް އިން 2011 ވަނަ އަހަރު ފެށި ޑްރާމާ ސިލްސިލާ “ނަވްޔާ” އިންނެވެ. އޭނާ އެންމެ މަޝްހޫރުވީ ހަމަ އެ ޗެނަލްގެ ސިލްސިލާ “މަހާބާރަތް” ގައި ކުޅުނު އަރުޖުންގެ ރޯލުންނެވެ.

އިންސްޓަގްރާމްގައި ޝަހީރު އާންމު ކުރި ވީޑިއޯ އަކާއި އެކު ބުނީ "ސްޓެޕް ބައި ސްޓެޕް، ތިން މަސް" ކަމަށެވެ. އެޑިޓްކޮށްފައިވާ އެ ވީޑިއޯގައި އޭނާ ވަނީ ކޮންމެ މަހަކު އޭނާގެ ހަށިގަނޑަށް ކަސްރަތުކޮށްގެން ގެނައި ބަދަލު ދައްކާލާފައި އެވެ.

މި ވީޑިއޯ އާއި އެކު އޭނާގެ ސަޕޯޓަރުން ބުނީ ކަސްތަރުކޮށް ފިޓުވުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި ބައެއް މީހުން ވަނީ މީގެ ތިން މަސް ކުރިން ޝަހީރު ހުރި ގޮތާއި މިހާރު ހުރި ރީތި ހަށިގަނޑާއި ވައްތަރު ނޫން ކަމަށް ބުނެފައި އެވެ.

ބައެއް ސަޕޯޓަރުން ވަނީ ވީޑިއޯއިން އަޅައިގަތީ ތިން މަހު، ތިން ފޯނު ކަވަރު ޝަހީރު ބަދަލު ކޮށްފައިވާތީ އެތަން ކަމަށް ބުނެފައި އެވެ. އަދި ޝަހީރަށް އައިސްފައިވާ ބަދަލުން، ހޫނުވެ އޭސީ ޖައްސަން ޖެހިފައިވާ ކަމަށެވެ.

https://www.instagram.com/p/CmzHsGoA4RL/

މިހާރު ޝަހީރު ކުޅެމުންދާ ސިލްސިލާތަކުގެ ތެރޭގައި "ވޯ ތޯ ހޭ އަލްބޭލާ" އާއި "ޕައުރަޝްޕޫރް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް