ބިރިޓިޝް އެއާވޭސްގެ ޔުނިފޯމް 20 އަހަރަށް ފަހު ރީ ޑިޒައިންކޮށް ބަދަލުކޮށްފިއެވެ.
މިފަހަރު ތައާރަފްކުރި ޔުނީފޯމުގައި މުސްލިމް ކެބިން ކްރޫއިންނަށް ބުރުގާ އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ. އެގޮތުން ބުރުގާ އާއި ލާ ޔުނިފޯމްގެ ގޮތުގައި ތައާރަފުކޮށްފައިވަނީ ޖަންމްޕް ސޫޓެކެވެ.
ޔުނިފޯމު ބަދަލުކުރުމަށްޓަކައި އެއާލައިން އިން 2018 ވަނަ އަހަރުން ފެށިގެން ދިގު ދަތުރެއް ކޮށްފައިވެއެވެ. އެންމެ ފުރިހަމަ ހުރިހާ މުވައްޒަފުންނަށްވެސް ފެތޭ ޔުނިފޯމެއް ކަނޑައެޅުމަށް 1،500 އެއްހާ މުވައްޒަފުންނާއި މަޝްވަރާ ކުރުމަށް ވޯކްޝޮޕްތައް ބާއްވާފައިވެ އެވެ.
އައު ޔުނިފޯމަކީ ބިރިޓިޝް އެއާވޭސްގެ މުސްތަޤުބަލަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި އެއާވޭސްއިން މަސައްކަތްކުރީ ހުރިހާ މުވައްޒަފުންނަށް ރިއާޔަތް ކޮށްގެން އެންމެންވެސް ފަޙުރުވެރިވާނެފަދަ ޔުނިފޯމެއް އުފެއްދުމަށް ކަމަށެވެ. އެކަން ކާމިޔާބު ވެއްޖެކަމުގެ ފުރިހަމަ ޔަގީންކަން މިހާރު ލިބިފައިވާކަމަށް ބްރިޓިޝް އެއާވޭސްގެ ސީއީއޯ ޝޯންޠޮއިލް ވިދާޅުވެފައިވެ އެވެ.
ޔުނީފޯރމުތައް ޑިޒައިން ކުރި އޮޒްވޮލްޑް ޑިޒައިން ކުރުމުގައި ބެލީ ބިރިޓިޝް އެއާވޭސްގެ ބައިނަލްއަޤްވާމީ މުޖުތަމައުތަކުގެ މުވައްޒަފުންނަކީވެސް މުހިއްމު ބައެއް ކަމުގައި ބަލައިގަންނަކަން ހާމަކޮށްދީ އެ މުވައްޒަފުންގެ އިއްޒަތާއި ސަގާފަތުގައި އޮންނަ ގޮތްތަކަށް އިހުތިރާމުކޮށް މި ދާއިރަށް އާ ފެށުމެއް ގެންނަން ކަމުގައެވެ.
އެއާލައިން ތަކުގައި ކެބިންކުރޫއިން ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ މުސްލިމު އިއްފަތްތެރި އަންހެނުންނަށް ފަހިވި މަގެއް ކަމުގައި މިކަންވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް