ދުވަހުގެ މޫސުން: އުތުރަށް މޫސުން ރަނގަޅު، ދެކުނަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރަށް މޫސުން ރަނގަޅު ނަމަވެސް ދެކުނަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައި...

09 Jan 2023 | 05:35

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރަށް މޫސުން ރަނގަޅު ނަމަވެސް ދެކުނަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މެދުރާއްޖެއަށްވެސް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ.

"އިރު އުތުރާއި އިރުން މެދުރާއްޖެއަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް އުތުރާއި އިރު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފކޮށްފައިވަނީ މެދުރާއްޖޭގައި ފަސް ފޫޓާއި ހަތް ފޫޓާއި ދެމެދު އަދި އުތުރާއި ދެކުނުގައި ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް