އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންގެ މަޢުލޫމާތު އެއްކުރަނީ

މިއަދު ފަތިހު 5:40 ހާއިރު ލަކުޑިއާއި ޕްލާސްޓިކާއި ގިނަ ބާވަތްތަކެއް ވިއްކާ ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސަރަހައްދުގެ ލޭބާ ކުއާޓާސްތަކުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ މަޢު...

09 Jan 2023 | 05:08

މިއަދު ފަތިހު 5:40 ހާއިރު ލަކުޑިއާއި ޕްލާސްޓިކާއި ގިނަ ބާވަތްތަކެއް ވިއްކާ ނީލަން ފިހާރައިގައި ރޯވި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސަރަހައްދުގެ ލޭބާ ކުއާޓާސްތަކުގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ މަޢުލޫމާތު އެއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނީ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ އެ އޮތޯރިޓީއަށް ލިބުމާއެކު އެ އޮތޯރިޓީގެ ޓީމެއް 06:30 އިން ފެށިގެން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި މާލޭ ސިޓީ ކައުންސިލާއި ދިވެހި ރެޑްކްރެސެންޓް ގުޅިގެން، ހާދިސާގެ އަސަރު ކުރި ލޭބާ ކުއާޓާސްތަކުގައި ދިރިއުޅުނު ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނީލަން ފިހާރައާއި ޖެހިގެން ސިޓި ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ތިން އެކޮމޮޑޭޝަން ބްލޮކެއް ހުރެ އެވެ. މި ހާދިސާގައި އޭގެ ތެރެއިން ދެ ބްލޮކެއް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު އެ ތިން ބްލޮކްގައ 150 އަށްވުރެ ގިނަ މުވައްޒަފުން ތިބެއެވެ.

ނީލަން ފިހާރައާ ޖެހިގެން ހުރި މާލޭ ސިޓީ ކައުންސިލް ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އަދި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވާ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައި ކަމަށް ފުލުހުން މިއަދު ހެނދުނު ބުނެފައި ވެއެވެ.

އަދި ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ބައެއް ސްކޫލްތަކުގެ ކިޔެވުން ވެސް ވަނީ ފަސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް