ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކޯ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ އެއްވަނައަށް ބާސެލޯނާއިން ޖެހިލައިފިއެވެ.
އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މި މެޗުން އެތްލެޓިކޯގެ މައްޗަށް ބާސެލޯނާ ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ލީޑު ނެގިއިރު، އެޓީމަށް ލީޑުނެގި މި ލަނޑު ޖަހައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭއެވެ. އޭނާއަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ގަވީއެވެ.
ބާސާއިން ލީޑުގައި އޮވެ މެޗުގެ ފަހު ހާފާއި ކުރިމަތިލިއިރު، އެޓީމަށް ލީޑު ފުޅާކުރަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ނުހިފުނެވެ. އެތްލެޓިކޯއަށް ވެސް މެޗުގެ ނަތީޖާ އެއްވަރުކުރަން ފުރުސަތު ލިބުނެނެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތިޖާ ބަދަލުކޮށްލެވޭގޮތް ނުވިއެވެ.
މެޗުގެ އިތުރު ވަގުތުގައި ދެ ރަތްކާޑު ފެނިގެން ދިޔައެވެ. ކޮންމެ ޓީމަކުން ކުޅުންތެރިއަކަށް ރެފްރީ ރަތްކާޑް ދެއްކިއިރު، ބާސެލޯނާއިން ރަތްކަޑް ދެއްކީ ފެރަން ޓޮރޭޒްއަށެވެ. އެތްލެޓިކޯއިން ކާޑް ދެއްވީ ސެޓެފަން ސަވިކްއަށެވެ. މި ދެ ކުޅުންތެރިންނަށް ވެސް ރަތްކާޑް ދެއްކީ ކުޅުމުން ބޭރުގައި ދެކުޅުންތެރިންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ސަބަބުންނެވެ.
ރޭ އެތްލެތިކޯ އަތުން ހޯދި މިމޮޅާއެކު ބާސެލޯނާ އެއްވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 41 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ރެއާލަށް ލިބެނީ 16 މެޗުން 38 ޕޮއިންޓާއެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް