އެފްއޭކަޕް: ޗެލްސީ ލަދުގަންނަވާލައި، ސިޓީ ހަތަރު ވަނަ ބުރަށް!

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ވާދަވެރި ޗެލްސީ ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ. އެފްއޭކަޕް ތިންވަނަ ބުރުގައި ސިޓީން ރޭ ޗެލްސީގެ މައްޗަށް އިއްތިހާދު ސްޓޭޑިއަމްގައި...

09 Jan 2023 | 04:01

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ވާދަވެރި ޗެލްސީ ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

އެފްއޭކަޕް ތިންވަނަ ބުރުގައި ސިޓީން ރޭ ޗެލްސީގެ މައްޗަށް އިއްތިހާދު ސްޓޭޑިއަމްގައި ކުރިހޯދީ 4-0 ނެވެ.

މި މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖަހައި ސިޓީއަށް މެޗުގެ ލީޑު ނަގައިދިނީ ރިޔާދު މާރޭޒް އެވެ. ސިޓީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ލިބުނު ޕެނަލްޓީއަކުން އަލްވާރޭޒްއެވެ.

ސިޓީގެ ތިންވަނަ ލަނޑު ޖެހީ ފިލް ފޮޑެންއެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން ސިޓީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ރިޔާދު މާރޭޒްއެވެ. މި ޕެނަލްޓީ ސިޓީއަށް ލިބުނީ އޭރިޔާ ތެރެއިން ފިލް ފޮޑެންއަށް ޗެލްސީ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް