އަލިފާނުގެ ހާދިސާ އާއި ގުޅިގެން މަގުތަކެއް ބަންދުކޮށް ބައެއް ސްކޫލްތަކުގެ ކިޔެވުން ފަސްކޮށްފި

ނީލަން ފިހާރަ ސަރަަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް ސްކޫލްތަކެއްގެ ކިޔެވުން ފަސްކޮށްފި އެވެ. އެ ސަރަހައްދުގައި އަލިފާން ރޯވީ މިއަދު ފަތިހު 5:...

09 Jan 2023 | 02:46

ނީލަން ފިހާރަ ސަރަަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކޮށް ސްކޫލްތަކެއްގެ ކިޔެވުން ފަސްކޮށްފި އެވެ.

އެ ސަރަހައްދުގައި އަލިފާން ރޯވީ މިއަދު ފަތިހު 5:40 ހާއިރު އެވެ. އަދިވެސް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައެއް ނުވެ އެވެ.

ފުލުހުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާތީ ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައި ކަމަށެވެ. ފުލުހުން ބުނީ އިލްތިމާސަކީ އެ ސަރަހައްދަށް އާންމުން ނުދިއުން ކަމަށެވެ.

އަދި ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ފުލުހުން އެދެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އިއްޒުއްދީން ސްކޫލްގެ ކިޔެވުން ފެށޭ ގަޑި ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް ފެށޭ ގަޑިވެސް ވަނީ ވަނީ ފަސްކޮށްފައި އެވެ.

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހާލުގައި ޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންތަކެކެވެ. އެ މީހުން މިވަގުތު ތިބީ އިމާދުއްދީން ސްކޫލްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ނީލަން ފިހާރަ ކައިރީގައި ސިޓި ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ތިން އެކޮމޮޑޭޝަން ބްލޮކެއް ހުރެ އެވެ. މި ހާދިސާގައި އޭގެ ތެރެއިން ދެ ބްލޮކެއް އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު އެ ތިން ބްލޮކްގައ ި150 އަށްވުރެ ގިނަ މުވައްޒަފުން ތިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް