ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އަލިފާން ރޯވެގެން ސިފައިން އެ ސަރަހައްދުގައި5:45 ހާއިރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ވަރަށް ބޮޑަށް ހުޅު ހިފާފައިވާއިރު ބާރުގަދަ އަޑުތަކެއް އެ ސަރަހައްދުން ދަނީ އިވެމުންނެވެ.
ހާދިސާ ހިނގި ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ބައިތިއްބާ ބްލޮކެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރުވެފައިވެ އެވެ. އެ ތަނުގައި ތިބި150 އަށްވުރެ ގިނަ ބިދޭސީން ވަނީ ވަގުތީ ގޮތުން އިމާދުއްދީން ސްކޫލަށް ބަދަލުކޮށްފައި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް