އެފްރިކާ ބައްރުގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ "އެފްރިކަން ކަޕް އޮފް ނޭޝަންސް2022" ގެ ކުޅުން މިރޭ ފެށުނު އިރު، މިރޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ކެމަރޫން އަދި ބުރްކިނާ ފަސޫ އެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކެމަރޫންއެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ބުރްކިނާ ފަސޫއިންނެވ. އެގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީވެސް ބުރްކިނާ ފަސޫ އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އެޓީމަަށް މެޗުގެ ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ އުމުރުން 25 އަހަރުގެ މިޑްފީލްޑަރ ގުސްޓާވޯ ފެބްރީސް ސަންގާރޭ އެވެ. މި ލަނޑަށް ފަހު ކެމަރޫން ޓީމުން އިތުރަށް ކުޅުން ރަނގަޅު ކޮށް ބުރްކިނާ ފަސޫގެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކެމްރޫން އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކެމަރޫނުން ޖެހީ ލިބުނު ޕެނަލްޓީއެއްގައެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސައުދީ އަރަބިޔާގެ އަލް ރިޔާދަށް ކުޅެމުން އަންނަ އުމުރުން 29 އަހަރުގެ ފޯވާޑް ވިސެންޓް އަބޫބަކަރ އެވެ.
ކެމަރޫން ޓީމުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑުގެނީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމި ދިން އިތުރު ވަގުތުގެ ތެރޭގައި ލިބުނު މި ޕެނަލްޓީ ވެސް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ފޯވާޑް ވިސެންޓް އަބޫބަކަރއެވެ.
ކެމަރޫން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ފަހުހާފަށް ކުޅެން ނިކުމެވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ކެމަރޫން ޓީމުންނެވެ. އެގޮތުން މި ހާފުގައިވެސް އެޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވިއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި ފުރަތަމަ ހާފުގައި ނެރުނު ނަތީޖާއާއި އެކުގައެވެ.
މިރޭގެ މެޗުން މޮޅުވި ކެމަރޫން ދެން މުބާރާތުގައި ކުޅެން ޖެހޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިތިއޯޕިއާއާއެވެ. މި މެޗު ޅޭނީ މިމަހުގެ 13 ވަނަ ދުވަ ރާއްޖޭ ގަޑިން ރޭގަނޑު 9:00 ގައެވެ.
މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ގުރޫޕް އޭގެ އިތުރު މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އިތިއޯޕިއާ އާއި ކޭޕް ވެރްޑޭއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް