ޕޮޒިޓިވް އަދަދުތައް އަތްނުފޯރާ ފަށަށް - މިއަދު 384

ހޮނިހިރު ދުވަހު އިރުއޮއްސި 6 ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖެއިން އިތުރު 384 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ޢާއްމުކުރި ތަފާ...

09 Jan 2022 | 17:35

ހޮނިހިރު ދުވަހު އިރުއޮއްސި 6 ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ރާއްޖެއިން އިތުރު 384 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރައްހައްދުން 153 މީހުންނާއި ރަށްރަށުން 102 މީހުންނެވެ. އަދި ރިސޯޓްތަކުން 117 މީހުންނާއި ސަފާރީތަކުންވަނީ އެކަކެވެ.

މިއަދުގެ އަދަދާއެކު 98،052 މީހުންނަށް ރާއްޖެއިން ވަނީ މިބަލި ޖެހިފައެވެ.

ކޮވިޑު ބައްޔަށް މިވަގުތު 3511މީހަކު ފަރުވާ ހޯދަމުން އަންނައިރު، އޭގެތެރެއިން 18 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އަލަށް 173 މީހުން މި ބަލިން ރަނގަޅުވެ، 94،264 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3،730 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 264 މީހަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް