ސޯޝަލް ސެންޓަރުން ކޮވިޑް ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެޗްޕީއޭ އިން ބުނީ މިރެ އާއި މާދަމާ ސޯޝަލް ސެންޓަރުގައި ހުންނަ ސާމްޕަލް ސެންޓަރު ހުޅުވާފައި ހުންނާނީ ރޭގަނޑު 7:30 އިން 9:30 އަށް ކަމަށެވެ.
މި ބަދަލު ގެނެސްފައިމިވަނީ މާލެ ސަރަހައްދުގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުން ދާތީ މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދަން އެޗްޕީއޭއިން މިއަދު މަޖުބޫރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލްތައް ނަގަނީ ސެނަހިޔާ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލޭ ފުލޫ ކްލިނިކުންނެވެ.
ރާއްޖޭގައި ޚާއްސަކޮށް މާލޭގައި ކޮވިޑު ޕޮޒިޓިވް ކޭސްތައް މަދުވެފައި އޮތުަމަށް ފަހު، މިފަހަކުން ވަނީ ޕޮޒިޓިވް ވާ މިންވަރު އިތުރުވެފައެވެ. އެގޮތުްނ ފާއިތުވެދިޔަ ދެތިން ދުވަހު ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ހުރީ ދުއިސައްތައިން މަތީގައެވެ.
އެހެންވެ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭޭއިން މިއަދު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ޕީސީއާރް ޓެސްޓް ހެދުމަށް މަޖުބޫރު ކޮށް، މާލެ ސަރަހައްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް