50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭ އިން ބުނީ މި ފިޔަވަޅު އެޅީ ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއަންޓް
ރާއްޖެއިން ފެނިފައިވާތީއާއި މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ ކަމަށެވެ. އަދި ޢާންމު ރައްޔިތުންގެ ޞިއްޙަތާއި
ރައްކާތެރިކަމަށް ޓަކައި، ޤާނޫނު ނަންބަރު 2021/7( އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު( ގެ 34 ވަނަ މާއްދާގެ
)ރ( އާއި އެ ޤާނޫނުގެ 12 ވަނަ މާއްދާގެ )ނ( ގެ 3 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.
އެގޮތުން ބަލި ފެތުރުން ކޮންޓްރޯލު ކުރުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލޭ ގައި މާދަމާ އިން ފެށިގެން ވަކިގޮތެއް އަންގަންދެން 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ވެސް އެ އެޖެންސީން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މަގުމަތީ ބާޒާރުތައް ނުބޭއްވުމަށާއި ކުޅިވަރު މުބާރާތްތައް، ކުޅިބަލާމީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް ވެސް ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް