މާލޭގެ ކޯވިޑް ހާލަތު ގޯސްވެ، އަތޮޅުތެރެއަށް ދަތުރު ކުރެވޭ ގައިޑްލައިން ހަރުކަށިކޮށްފި

މާލޭ ސަރަހައްދުގެ ކޯވިޑް-19 ގެ ހާލަތު ގޯސްވަތީ އަތޮޅުތެރެއަށް ދަތުރު ކުރުމުގައި ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ. އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުން އެހެން ތަނަކަށް...

09 Jan 2022 | 12:53

މާލޭ ސަރަހައްދުގެ ކޯވިޑް-19 ގެ ހާލަތު ގޯސްވަތީ އަތޮޅުތެރެއަށް ދަތުރު ކުރުމުގައި ދީފައިވާ ލުއިތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުން އެހެން ތަނަކަށް ދަތުރުކުރާނަމަ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއް ނަމަ ދަތުރުކުރުމުގެ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރ ނެގެޓިވް ނަތީޖާ އޮންނަންވާނެ ކަމަށެވެ.

ވެކްސިންގެ ޑޯޒްތައް ފުރިހަމަނުވާ ފަރާތެއްނަމަ، 14 ދުވަހުގެ ފުރަބަންދު ކަރަންޓީނު ފުރިހަމަކުރުމާއި، ކަރަންޓީނުން ދޫކުރެވޭނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ޕީ.ސީ.އާރ ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެތެރޭގައި މިފަދަ މީހުންނާއެކުގައި ދަތުރުކުރަންޖެހޭ ވެކްސިން ނުޖެހޭ ޢުމުރުގެ ކުޑަކުދިން ނުހިމެނޭނެކަމާށްވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް