ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ބަލްކު ކޮށް ލިބޭ "ސޮނީ ބިލްޑް ވެއާ" ހުޅުވައިފި

ކޮންސްޓަރަކްޝަނަށް ބޭނުންވާ އެކި އެކި ސާމާނު ބަލްކު ކޮށް  ވަގުތުން ލިބޭ "ސޮނީ ބިލްޑްވެއާ" ގެ ނަމުގައި ސޮނީ ހާޑްވެއާ އިން މިއަދު ފިހާރައަށް ހުޅުވައިފިއެވެ. ސޮނީ ބިލްޑްވެއާ ފިހާރަ ހުޅުވާފައި ވަނީ ޖަނަވަ...

09 Jan 2022 | 09:48

ކޮންސްޓަރަކްޝަނަށް ބޭނުންވާ އެކި އެކި ސާމާނު ބަލްކު ކޮށް  ވަގުތުން ލިބޭ "ސޮނީ ބިލްޑްވެއާ" ގެ ނަމުގައި ސޮނީ ހާޑްވެއާ އިން މިއަދު ފިހާރައަށް ހުޅުވައިފިއެވެ.

ސޮނީ ބިލްޑްވެއާ ފިހާރަ ހުޅުވާފައި ވަނީ ޖަނަވަރީ މަގުގައެވެ.

މި ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު 1:30 އިން ހަވީރު 6:00 އަށެވެ.

ސޮނީ ބިލްޑްވެއާ ފިހާރައިން ލިބެން ހުންނާނެ ބައެއް ސާމާނު ތަކުގެ ތެރޭގައި ދަގަނޑާއި، އެސްއެސް ހޮޅި އާއި، އޭންގަލާއި، ޕީވީސީ ހޮޅި އާއި، ޕްލައިވުޑާއި، ބްލޮކް ބޯޑާއި، ދޮރާއި ލެމިޓެކް ހިމެނެއެވެ.

އަދި އިމާރާތްތަކުގެ ސްޓްރަކްޗުރަލް މަސައްކަތްތަކަށް ބޭނުންވާ ހާޑްވެއާ ސާމާނު ވެސް އެ ފިހާރައިގެ އެއްވަނަ ބައިން ލިބެން ހުންނާނެއެވެ.

ސޮނީ ހާޑްވެއާ އިން ހާމަކުރާ ގޮތުގައި އަލަށް ހުޅުވި ފިހާރައިގެ ސަބަބުން، ގަނޑުކޮށް މުދާ ގަންނަ ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް