އެޗްޑީސީގެ މަސައްކަތްތައް ދެފުށްފެންނަ ގޮތަކަށް މެނޭޖްކުރުމަށް "ބިޑް ޕްރޮޕޯސަލް ޕޯޓަލް" ތަޢާރަފްކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ގެ މަސައްކަތްތައް ދެފުށްފެންނަ ގޮތަކަށް މެނޭޖްކުރުމަށް "ބިޑް ޕްރޮޕޯސަލް ޕޯޓަލް" ތަޢާރަފްކޮށްފިއެވެ. އެ ކުންފުނިން ހުޅުވާލާ ބީލަންތަކަކީ ވާދަވެރި މާޙައު...

09 Jan 2022 | 09:41

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ގެ މަސައްކަތްތައް ދެފުށްފެންނަ ގޮތަކަށް މެނޭޖްކުރުމަށް "ބިޑް ޕްރޮޕޯސަލް ޕޯޓަލް" ތަޢާރަފްކޮށްފިއެވެ.

އެ ކުންފުނިން ހުޅުވާލާ ބީލަންތަކަކީ ވާދަވެރި މާޙައުލެއްގެ ތެރެއިން ހުޅުވާލައިގެން ކުރިއަށްގެންދާ މަސައްކަތަކަކަށް ހެދުމަށްޓަކައި، ތަޢާރަފްކުރި މި ޕޯޓަލް ތަޢާރަފް ކޮށްފައިވަނީ އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައެެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ މިޕޯޓަލްގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބީލަން ހުށައެޅުން މިހާރަށްވުރެ ވާދަވެރިވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ބީލަން ހުށައެޅުމަށް ބޭނުންވާ ލިޔެކިޔުން ހަމަނުވުމުގެ މައްސަލަ މިހާރު ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށާއި ބީލަން މަރުޙަލާއިން ގިނަ ކުންފުނިތަކެއްގެ ބީލަން ބާޠިލްވާ މައްސަލަ މިހާރު ކުރިމަތިވާކަން ފާހަގަކުރެވޭކަމަށް ވެސް ސުޙައިލް ވިދާޅުވިއެވެ. އަދި މިޕޯޓަލްއާއެކު މިފަދަ މައްސަލަތަކަށް ޙައްލެއް އަންނާނެކަމަށް ވެސް ސުހެއިލް ވިދާޅުވިއެވެ.

އެޗްޑީސީއިން އަންނަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވެސް ޢާއްމުންނަށް ބޭނުންވާ އެކި ޚިދުމަތްތަކާއި ވަޞީލަތް ޤާއިމުކޮށް، ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް