ތައިލެންޑްގައި ބޭއްވި ޓީޓީ މުބާރާތެއްގައި ރާއްޖޭގެ ދީމާ ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފި

ތައިލެންޑްގައި ބޭއްވި ޓީޓީ މުބާރާތެއްގައި ރާއްޖޭގެ ފާތިމަތު ދީމާ ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ. ދީމާ ހޯދި ކާމިޔާބީއަކީ މި މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމަޕިއަންކަން ހޯދުމެވެ. ...

09 Jan 2022 | 09:07

ތައިލެންޑްގައި ބޭއްވި ޓީޓީ މުބާރާތެއްގައި ރާއްޖޭގެ ފާތިމަތު ދީމާ ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ.

ދީމާ ހޯދި ކާމިޔާބީއަކީ މި މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ބައިގެ ޗެމަޕިއަންކަން ހޯދުމެވެ.

ދީމާގެ ޕެއާރ އަކީ ތައިލެންޑްގެ ފަންގްއެވެ. ފައިނަލް މެޗު ސެޓުތައް ދީމާ އާއި ފަންގްގެ ޕެއާރ ގެންދިޔައީ، 11-8، 11-9 އަދި 11-7 އިންނެވެ.

ތައިލެންޑްގައި މިހާރު ޓްރެއިނިންގ ހަދަމުން އަންނަ ދީމާ ވަނީ، އެ މުބާރާތުގެ އަންހެން ސިންގަލްސްގެ 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ކުއާޓަރ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. އެކަމަކު އޭނާ ވަނީ 3-1 ސެޓުން ބަލިވެފައެވެ.

އުމުރުން 15 އަހަރުން ދަށުގެ އަންހެން ރޭންކިންގ ގައި ދީމާ އަކކީ ދުނިޔޭގެ 20 ވަނައެވެ.

ދީމާ ވަނީ ޕޯޗްގަލް ގައި ބޭއްވި ވަރލްޑް ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ މޮޅުވެފައެވެ.

ދީމާ އަކީ މި މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް