ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭގެ ވަގުތެއްގައި ފުރާވަޑައިގެންފިއެވެ.
ވަންގް ޔީގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ.
ވަންގް ޔީގެ މި ދަތުރުފުޅާއި ބެހޭ ގޮތުން ޝާހިދު ވިދާޅުވީ، މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމުގައެވެ. އަދި މީގެ ސަބަބުން ރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ގޮސްފައިވާ ކަމުގައެވެ.
ޗައިނާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުުޅުގައި ރާއްޖެއާއި ޗައިނާ އާއި ދެ ޤައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އިއްޔެ އެކުލަވާލެވުނު އެއްބަސްވުން ތަކުގެ ތެރޭގައި، ޗައިނާ އަށް ދާ ދިވެހިންނަށް ވިސާ ނެތި އެ ޤައުމަށް ދެވޭ ގޮތަށް ހަމަޖެއްސި އެއްބަސްވުން ހިމެނެއެވެ. އަދި ރާއްޖެއަށް އެކި ދާއިރާތަކުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފަސް ރަށެއްގައި މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ޤާއިމް ކުރުމަށް 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެ ޤައުމުގެ އެހީގައި ހިންގަން ނިންމާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް