ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ތިނަދޫގައި ހަދާ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކަން އެމްޓީސީީިސީ އާއި ހަވާޅުކޮށްފި އެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރ...

09 Jan 2022 | 07:27

ގދ. ތިނަދޫގައި ހަދާ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކަން އެމްޓީސީީިސީ އާއި ހަވާޅުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހްމަދު ތޮލްހަތު އެވެ.

މި އެއްބަސްވުމުގެ ދަށުން 219،595 އަކަމީޓަރުގެ ބިން ހިއްކާނެ އެވެ. އަދި 1،336 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ތިނަދޫ ހުޅަނގު ދެކުނު ފަރާތުގައި 468 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން 284 މީޓަރުގެ އެއްގަމު ތޮށި ހެދުން ހިމެނެ އެވެ. އެމްޓީސީސީން ބުނީ މަސައްކަް ނިމޭއިރު ކޮންކްރީޓް ބްރިޖެއް އަޅާނެ ކަމަށެވެ.

މިއީ125 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.

މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް