ޔުނައިޓެޑް ވޯލްޑް ކޮލެޖަސް (ޔޫޑަބްލިޔުސީ) އިން އެކި ޤައުމުތަކަށް ހަމަޖައްސައިދޭ ސްކޮލަޝިޕްތަކުގެ ތެރެއިން ދިވެހިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ސްކޮލަޝިޕަށް ކުރިމަތި ލެވެނީ އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ފަރާތްތަކަށެވެ.
މި ސްކޮލަޝިޕްތަަކަށް ހޮވޭ ފަރާތްތަކުން ކިޔަވަަން ހަމަަޖެހިފައި ވަނީ އެ ކުއްޖަކު ނިސްބަތްވާ ޤައުމަކުން ސްކޮލަޝިޕް ލިބޭ ކޮލެޖެއްގައެވެ.
ޔޫޑަބްލިޔުސީގެ ސްކޮލްޝިޕް ތަކަަށް ކުރިމަތި ލުމަށް އެދި ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ގެ ނިޔަލަށެވެ.
ޔޫޑަބްލިޔުސީ އިން ކޮންމެ އަހަރަކުވެސް ތިނެއް ނުވަތަ ފަސް ސްކޮލަޝިޕްގެ ފުރުސަތު އެކި ޤައުމުތަކުގައި ހުޅުވާލައެވެ.
ޔޫޑަބްލިޔުސީ އަކީ ތަޢުލީމުގެ ޒަރިއްޔާއިން ދެމެހެއްޓެނިވި މުސްތަޤުބަލަކަށް މަގު ފަހި ކުރުުމުގެ ގޮތުން ހިންގާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް