ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކެއިފްގެ ކައިވެންޏަށް އެއް މަސް ފުރިއްޖެ އެވެ.
ދެ ތަރިން ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ރާޖިސްތާނުގެ މަޝްހޫރު ހޮޓެލް ސިކް ސެންސަސް ފޯޓް ބަރްވަރާގައި އެވެ. ވަރަށް ކުލަ ގަދަކޮށް ބޭއްވި ކައިވެނީގެ ރަސްމިޔާތުތަކަސް ފަހު ދެމަފިރިން ހަނީމޫން ހޭދަ ކުރީ ރާއްޖޭގައި އެވެ.
ކައިވެންޏަށް އެއް މަސްވުމުން ކެޓްރީނާ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ވަނީ ކައިވެންޏަށް މަހެއް ވުމުން ވިކީ ޓެގުކޮށް މަރުހަބާ ކިޔާފަ އެވެ. އަދި ވިކީއަށް ނިސްބަތްކޮށް ކެޓްރީނާ ޖަހާފައިވަނީ "އަހަރެންގެ ލޯބި" އެހެންނެވެ.
ކެޓްރީނާގެ އެ ޕޯސްޓަށް ވިކީވެސް ވަނީ ކައިވެންޏަށް މަހެއް ފުރުމުން ތަހުނިޔާ ކިޔައި "އަހަރެންގެ ލޯބި" ޖަހައި ކޮމެންޓު ކޮށްފަ އެވެ.
https://www.instagram.com/p/CYf0kAGt94j/
2019 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރިފައި އޮތަސް ދެމީހުންނަކީ އެ ގުޅުމަށް އެއްބަސްވާ ބައެއް ނޫނެވެ. ދެމީހުންގެ ގުޅުން ރަސްމީކޮށް ހާމަ ކުރީ ކައިވެންޏަށް ފަހު އެވެ.
އޭގެ ފަހުން ކެޓްރީނާ ވަނީި ވިކީއަށް މިހާތަނަށް ކެވުނު އެންމެ މީރު ހަލުވާ ތައްޔާރުކޮށްދީފަ އެވެ. އަދި އާއިލާއާ ރަހުމަތްތެރިންނާއި އެކު އާ އަހަރު ފާހަގަ ކުރުން ފަދަ ކަންކަން ކުރާކަން ހާމަކޮށްފައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް