ކާބުލް އެއާޕޯޓު ފާރުމަތިން އެމެރިކާ ސިފައިންނާ ހަވާލު ކުރި ތުއްތު ކުއްޖާ ފެނިއްޖެ!

މިދިޔަ އަހަރުގެ އޮގަސްޓު މަހު އެމެރިކާއިން ހިމާޔަތް ހޯދައިގެން އަފްގާނިސްތާނު ދޫކޮށް ދިޔަ އެ ގައުމުގެ އާއިލާއެއްގެ ދެ މަހުގެ ތުއްތު ދަރިފުޅު ހޯދާތާ ހަސް މަސް ފަހުން ފެނިއްޖެ އެވެ. އުމުރުން 35 އަހަރުގެ...

09 Jan 2022 | 05:05

މިދިޔަ އަހަރުގެ އޮގަސްޓު މަހު އެމެރިކާއިން ހިމާޔަތް ހޯދައިގެން އަފްގާނިސްތާނު ދޫކޮށް ދިޔަ އެ ގައުމުގެ އާއިލާއެއްގެ ދެ މަހުގެ ތުއްތު ދަރިފުޅު ހޯދާތާ ހަސް މަސް ފަހުން ފެނިއްޖެ އެވެ.

އުމުރުން 35 އަހަރުގެ މިރްޒާ އަލީ އާއި 32 އަހަރުގެ ސުރާޔާއަށް ލިބިފައިވާ ދެ މަހުގެ ފިރިހެން ދަރިފުޅު ގެއްލުނީ އެމެރިކާއަށް ފުރަން އެއާޕޯޓު ސަރަހައްދަށް ގޮސް މީހުން ގިނަ ވުމުގެ ސަބަބުން ކުއްޖާ އެއާޕޯޓު ތެރެއަށް ވައްދަން ފާރުމަތިން އެމެރިކާ ސިފައިންގެ މީހަކާއި ހަވާލު ކުރި ހިސާބުންނެވެ. އެ ދެމަފިރިންގެ އެ ކުއްޖާގެ އިތުރުން 17 އަހަރާއި ހަ އަހަރާއި ތިން އަހަރުގެ ކުދިން އެބަތިއްބެވެ.

އެ ކުއްޖާ ގެއްލިގެން މިރްޒާ އެމެރިކާގައި އަފްގާނިސްތާނު ރައްޔިތުން ތިބި ހުރިހާ ރެފިއުޖީ ކޭމްޕިތަކެއްހެން ބަލާފައިވާއިރު އޭނާގެ އެދުމަށް އަފްގާން ރައްޔިތުންގެ ގެންދިޔަ އެހެން ގައުމުތަކުގެ ރެފިއުޖީ ކޭމްޕުތައްވެސް ބަލާފައިވެ އެވެ.

އާއިލާ އާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މިހާ ދުވަސް ފަހުން ކުއްޖާ ފެނުނީ އުމުރުން 29 އަހަރުގެ ހާމިދު ސާފީ ކިޔަ ކާބުލްގެ ޓެކްސީ ޑްރއިވަރަކަށެވެ. އޭނާއަށް ކުއްޖާ ލިބުނީ އެއާޕޯޓުތެރެއިން ކަމަށް ބުނި ކަމަށާއި އަދި އެ ކުއްޖާ އޭނާ ބަލަނީ އަމިއްލަ ދަރިއެއް ގޮތަށް ކަމަށްވެސް ބުނި ކަމަށެވެ.

އެހެންވެ ކުއްޖާ ދޭން އޭނާ ފުރަތަމަ ދެކޮޅު ހެދިއެވެ. އެކަމަކު ތޯލިބާން ފުލުހުން އެތައް ހަފްތާއެއް ވަންދެން ކުރި މަޝްވަރާތަކާއި ގުޅިގެން ހާމިދު ވަނީ ކުއްޖާގެ ބައްޕަ މިރްޒާގެ އާއިލާ އައި ހަވާލުކޮށްފަ އެވެ. އެ އެއާއިލާގެ މީހުންގެ ތެރެއިން މިރުޒާގެ ބައްޕަ އުޅެނީ އަފްގާނިސްތާނުގައި އެވެ.

މިރްޒާއަކީ އަފްގާނިސްތާނުގައި ހުރި އެމެރިކާ އެމްބަސީގެ ސެކިއުރީޓީ ގާޑެއްގެ ވަޒީފާ އަދާ ކުރި މީހެކެވެ. އެމެރިކާއިން ވަނީ އެމީހުން 20 އަހަރު އަފްގާނިސްތާނު ހިފައިގެން އުޅުނު އިރު ވަޒީފާ އަދާކޮށްދިން އަފްގާން ރައްޔިތުންނަށް އާއިލާއާ އެކު އެމެރިކާއަށް ހިޖުރަ ކުރުމުގެ ފުރުސަތު ދީފަ އެވެ.

ޝަރުތުހަމަވާ އެންމެ ނުގެންދެވުނު ނަމަވެސް ލައްކައެއްހާ އަފްގާން ރައްޔިތުން އެމެރިކާއަށް ހިޖުރަކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް